ތަޢާރަފް

ހައްދުންމަތީ ގަމު ކައުންސިލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަށްވަނަ ބާބުގައި އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅުއްވާފައި ވާތީ، އިދާރީ ދާއިތައް ހިންގުމުގެ އަސާސްތަކާއި އެ ނިޒާމު ހިންގުމަށް ބޭނުންވާ އިދާރާތަކާއި ބާރާއި މަސްއޫލިއްޔަތު ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު” ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން 17 މެއި 2010 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން އެ ޤާނޫނުގެ ދަށުން އުފެއްދެވި މުވައްސަސާއެކެވެ. ކައުންސިލްގެ ފުރަތަމަ ދައުރުގެ ކައުންސިލަރުން ހުވާ ކޮށްފައި ވަނީ 26 ފެބުރުވަރީ 2011 ވީ ހޮނިހިރު ދުވަހުއެވެ.

ތަޞައްވުރު

ކައުންސިލްގެ އިދާރާ އަކީ، މުޅި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ސަރުކާރާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު ޒަމާނީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުން ލިބިފައިވާ ޚިދުމަތްތެރި ފަންނީ މުވައްޒަފުންތަކެއް ތިބި، ނަތީޖާ ޙާޞިލުކުރާ ނަމޫމާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށްވުން.

އަމާޒު

ދައުލަތުގެ ނިޒާމް ބައްޓަންކުރެވިފައިވާ ގޮތުގެ މަތިން ލާމަރުކަޒުކޮށް، ރަށް ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް، ރަށުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކޮށް ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަވަސްވުމާއެކު، ތަރައްޤީގެ މަގުގައި ކުރިޔަށް ދިއުމަށް މަގުފަހިކޮށްދޭ އެންމެ އިސްފަރާތަކީ ރަށު ކައުންސިލް ކަމަށްވުމާއެކު، ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއި، ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއި، ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބު ތަކާއި މަޢުލޫމާތު އެއްކޮށް، ކައުންސިލަށް ފޯރުކޮށްދީ، ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަންކުރުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން.

އިސްވެރިންގެ ޒިންމާތަކާއި ވާޖިބުތައް

ޙުސައިން މޫސާ

hussain.moosa@gan.gov.mv

-

އަފްޞަލް ޖަޢުފަރު

afsal.jaufar@gan.gov.mv

-

-

މަރްޔަމް ނީނާ

mariyam.neena@gan.gov.mv

-

އިއުލާނު، ޕްރޮޖެކްޓް، އިވެންޓް ހޯދާ

ހޯދަން ބޭނުންވާ ބަސް ލިޔުއްވާ

މަދުވެގެން 2 އަކުރު

ESC ބަންދުކުރުމަށް
ވަގުތުން ހޯދާ